ގާޒާއިން ލިބުނީ ތިން އަސީރުންގެ ހަށިގަނޑެއް ނޫން ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުން ބުނީ މިދިޔަ ހުކުރު ދުވަހު ގާޒާއިން ރެޑް ކްރޮސް މެދުވެރިކޮށް ލިބުނު ހަށިތައް ބަލައި ޑީއެންއޭ ހަދާފައިވާ ކަމަށާއި އަސީރުންގެ އެއްވެސް ޑީއެންއޭއަކާ ދިމާނުވާ ކަމަށް ބުނެފައެވެ.

އިސްރާއީލުގެ ސިފައިންނާ ހަވާލާދީ އޭއެފްޕީން ވަނީ، ރެޑް ކްރޮސް އިން ހަވާލުކުރި ހަށިތަކުގެ ފޮރެންސިކް ޓެސްޓުތައް ހަދާފާއިވާ ކަމަށާއި އެއްވެސް ޓެސްޓަކާއި އަސީރަކާ ގުޅިފައިނުވާ ކަމަށް ބުނެފައެވެ.

އިސްރާއީލުން އެގޮތަށް ބުނި ނަމަވެސް، ހަމާސް އިން ވަނީ އަސީރުންގެ ހަށިތައް ދޫކޮށްފައިވަނީ ޔަގީންކޮށްފައި ކަމަށްބުނެ، އެފަދަ މައްސަލައެއް އުޅޭނަމަ ހަމާސްއަށް ވެސް ސާމްޕަލްތައް ހަވާލުކޮށް ޓެސްޓުކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފައެވެ.

ހަމާސް އިން ވަނީ އިސްރާއީލުގެ ހަވާލުގައި އޮތް ތިން ހަށިގަނޑު އިތުރު ތަހުލީލަށް ހަމާސްއާ ހަވާލުކުރުމަށް ވެސް ގޮވާލައިފައެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށްފަހު ހަމާސް އިން ވަނީ 17 އަސީރުންގެ ހަށިގަނޑު އިސްރާއީލާ ހަވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އިސްރާއީލުގެ 15 މީހުންނާއި ތައިލެންޑުގެ އިތުރުން ނޭޕާލަށް ނިސްބަތްވާ މީހެއްގެ ހަށިގަނޑެވެ.

އިސްރާއީލާއި ހަމާސް އިން އެމެރިކާގެ ޕީސް ޕްލޭނާ އެއްގޮތަށް ދެފަރާތުންވެސް އަސީރުންނާއި ޖަލުތަކުގައި ތިބި ގައިދީން މިނިވަންކުރުމަށް އެއްބަސްވެފައިވާ އިރު، އެކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވަނީ އެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.