ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ގާޒާގައި 104 މީހުން މަރާލައިފިއެވެ.

އިސްރާއީލާއެކު ވެފައިވާ ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމަށް ހަމާސް އިން އަމަލު ނުކުރާކަމަށް ބުނެ، އިސްރާއީލުން އިއްޔެ ވަނީ ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި ގާޒާއިން 104 މީހުން މަރުވެފައިވާކަމަށާއި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާ ވެ ފަރުވާ ދެމުން އަންނަކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ގާޒާގެ ހެލްތުން ވަނީ އެ ހަމަލާގައި މަރާލާފައިވާ މީހުންގެ ތެރޭގައި 46 ކުޑަކުދީންނާއި 20 އަންހެނުން ހިމެނޭކަމަށް ބުނެފައެވެ.

އިސްރާއީލުން ދިން ހަމަލާ އަމާޒުކޮށްފައިވަނީ ގާޒާ އާއި ގާޒާގެ އުތުރުން އޮންނަ ބައިތު ލަހްޔާއަށް ކަމަށާއި އެ ސަރަހައްދުތަކުގެ ގެތަކާއި ސްކޫލްތަކުގެ އިތުން އާންމުން ދިރުއިޅޭ އިމާރާތްތަކަށް ހަމަލާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ގާޒާއަށް ދިން މި ހަމަލާއަށްފަހު ވަނީ އެހަމަލާ އަކީ ޓެރަރިސްޓު ޓާގެޓްތަކަށްދިން ހަމަލާއެއް ކަމަށާއި ހަމާސް އިން ހަމަލާ ބަދަލުކުރުމަށް ވީ އެއްބަސްވުމާ ހިލާފު ވުމުން ދިން ހަމަލާއެއް ކަމަށް ބުނެފައެވެ.