ދިގުދެމިގެން ދިޔަ ބިރުވެރި ދުވަސްތަކަށް ނިމުމެއް އަތުވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް މިހެން ވިދާޅުވީ އިސްރާއީލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީގެއްގައެވެ.
ޓްރަމްޕް ވިދާޅުވީ އިއްޔެ ވެގެންދާނީ މެދުއިރުމަތީގެ ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ ދުވަހަކަށް ކަމަށެވެ. އަދި އެއީ މުސްތަގުބަލަށް ވަރަށް މުހިންމު ބަދަލެއް ކަމުގައި ޓްރަމްޕް ފާހަގަކުރެއްވިއެވެ.
އިސްރާއީލާއި ހަމާސް ކުރަމުން ދިޔަ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިސްވެ އޮވެ ކުރިޔަށް ގެންދިޔަ ސުލްހައިގެ އެއްބަސްވުމުގައި ވާގޮތުން ދެފަރާތުން ވެސް އަސީރުންނާއި ގައިދީން ދޫކުރުމުގެ މަސައްކަތް އިއްޔެ ކޮށްފައިވާއިރު އެ މަސައްކަތް ކުރިޔަށް ދިޔަ ވަގުތު ރައީސް ޓްރަމްޕް ވަނީ އިސްރާއީލަށް ވަޑައިގެންފައެވެ.
މެދުއިރުމައްޗަށް ޓްރަމްޕް ކުރައްވާ ދަތުރުފުޅުގައި މިސްރުގެ ޝަރްމުއްޝެއިހުގައި ބޭއްވުމަށް ރާވާފައިވާ ސުލްހައިގެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ސަމިޓުގައި މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ އެހެން ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިސްރުގައި އޮންނަ ޕީސް ސަމިޓުގައި ގާޒާގެ ޕީސް ޕްލޭނުގެ ދެވަނަ ފޭހުގެ މަޝްވަރާތައް ކުރިޔަށް ގެންގޮސް ނިންމާން އަމާޒު ހިފައިފައިވާކަމަށް ހަބަރުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް