އަރިއަތޮޅު ދެކުނުބުރީ (އދ) ކުނބުރުދޫގެ ބައެއްގެ ގޮތުގައި އެ ރަށާއި ކައިރީގައި "ފޮފަޅަގައު" ފަޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވައިފިއެވެ.
ކުނބުރުދޫގެ ބައެއްގެ ގޮތުގައި "ފޮފަޅަގައު" ހަމަޖެއްސެވީ ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށާއި ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން އެ ފަޅު ބޭނުންކުރެވިދާނެ ކަމަށް އެ ރަށުގެ ރައްޔިތުން ހުށަހެޅުމުންނެވެ.
އެއާއެކު، ރައީސްގެ ގަރާރަކުން އެ ފަޅު ކުނބުރުދުއަށް ދީފައިވާ އިރު، މިއަދު ވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅިފަވާ ގޮތަށް އިސްލާހު ގެނެސް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓު އަދާހަމަކޮށްފައެވެ.
ރައީސް ވަނީ އެހެން ބައެއް ރަށްރަށްވެސް އެ ރަށްރަށުން އެދޭ ފަޅުތަކާއި ރަށްތައް އެ ރަށުގެ އިހްތިސޯސްތެރެއަށް ލައިދެއްވަމުންނެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ