ގާޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް މިސްރުގައި ފަށައިފިއެވެ.

އެމެރިކާގެ ވައިޓްހައުސް އިން އިއްޔެ ވަނީ މިސްރުގައި ފަށާފައިވާ ޓެކްނިކަލް މަޝްވަރާތަކުގައި ގާޒާ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭނާ އެއްގޮތަށް ގާޒާ ހަނގުރާމަ ވީހާވެސް އަވަހަށް ހުއްޓާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލީން ލޭވިޓް ވިދާޅުވީ މިސްރުގައި ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާއިން ހާއްސަ ޓީމެއް ބައިވެރިވާ ކަމަށާއި އެޓީމުގައި އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޮފް އާއި ރައީސް ޓްރަމްޕްގެ ދަރިކަލުން ޖަރެޑް ކުޝްނާވެސް ބައިވެރިވާ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ އިޒްރޭލާއި ހަމާސް އިން އެ ޕްލޭނާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެފައިވާ ކަމަށާއި އެގޮތުން މިސްރުގައި ކުރިއަށްދާ ބައްދަލުވުމުގައި ހަމާސް އިން ހައްޔަރުކޮށްފައިވާ އަސީރުންނާއި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ލިސްޓާ މެދު މަޝްވަރާ ކުރިއަށްދާ ކަމަށެވެ.