އދ އޮމަދޫ ކައިރީގައި އޮންނަ ތިން ފަޅެއް އެ ރަށުގެ އިހްތިސޯސްގެ ތެރޭގައި ހިމަނައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އދ ކުޑަދޫފަޅާއި، އދ ކޯޑު ނަންބަރު RF1329 ފަޅާއި އަދ ކޯޑު ނަންބަރު RF1330 ފަޅަކީ، އެ އަތޮޅު އޮމަދޫގެ ބައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތަށް ރައީސް ކަނޑައެޅުއްވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތުން އިގުތިސޯދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްގީގެ މަސައްކަތްތައް ހިންގުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޮމަދޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެކެވެ.
އަލީ ޔާމިން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް