ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް ގައި އެލައިޑް ތަކާފުލް އަށް ޖިފާ އެކްސެލެންސް އެވޯޑް (ތަކަފުލް) ލިބިއްޖެ އެވެ.

މި މަހުގެ 11 ވަނަ ދުވަހު މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވި އެވޯޑް ހަފުލާގައި އެލައިޑް ތަކާފުލްއަށް އެ އެވޯޑް ލިބުމަކީ، އިސްލާމީ އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެލައިޑް ތަކަފުލް އިން ދޭ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ އެވޯޑެއް ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑް ތަކަފުލްގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ އެލައިޑް ތަކާފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ އެވެ.

އެ ރަސްމިއްޔާތުގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ އަންވަރު ބިން އިބްރާހީމާއި މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ.

އެލައިޑް ތަކާފުލް އިން ވަނީ އެ ކުންފުނީގެ ކްލައިންޓުންނާއި ޕާޓްނަރުން އަދި މުވައްޒަފުންގެ އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.