ނޭޕާލްގެ މުޒާހަރާ ލީޑަރު އިންތިހާބުގައި ކުރިމަތިލާން ނިންމައިފިއެވެ.
ނޭޕާލްގައި ކުރިޔަށްދިޔަ ޖެންޒީ މުޒާހަރާތައް ލީޑްކުރި ސޫދަން ގުރުން ވަނީ އަންނަ މާޗުމަހު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެގައުމުގެ އާންމު އިންތިހާބުގައި ވާދަކުރާނެ ކަމަށާއި އެމަސައްކަތް ފަށައި އެގައުމުގައި ހާއްސަ ހަރަކާތެއް ފަށާފައިވާކަމަށް ބުނެފައެވެ.
އަލްޖަޒީރާ އަށް ދިން އިންޓަވިއުއެއްގައި ސޫދަން ވަނީ ''ފައިޓް ޓިލް ދަ އެންޑް'' ނަމުގައި އޭނާ ފަށާފައިވާ ހަރަކާތް ބޭނުންކުރުމަށް ނިންމައި މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ. ސޫދަން ވަނީ އިންތިހާބުގައި ވާދަކުރާނީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ނަމުގައި ނޫންކަމަށްވެސް ބުނެފައެވެ.
ސޫދަން ވަނީ އެގައުމުގެ ސަރުކާރުތަކުން ސިޔާސީ ކަންކަމަށް މުޅި ގައުމު ބައިބައިކޮށްފައިވާކަމަށާއި އެކަންތަކުގައި ކޮރަޕްޝަން ބޭނުންކޮށް ގައުމު ހަލާކުކޮށްފައިވާކަމަށް ބުނެފައެވެ. ސޫދަން ވަނީ ސިޔާސީ ފަރާތްތަކުން އެގޮތް އަދިވެސް ބޭނުން ނަމަ އެމީހުންނަށް ވާނެ ގޮތް އިނގޭނެ ކަމަށާއި ދެން އޮތީ އާންމުންގެ ވެރިކަމެއް ކަމަށް ބުނެފައެވެ.
އުމުރުން 36 އަހަރުގެ ސޫދަން ވަނީ އިންތިހާބު ކާމިޔާބުކޮށް ގައުމު ހަމަމަގަށް އަޅުވާނެ ކަމަށް ބުނެ ވައުދުވެފައެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް