ޔަމަނުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާގައި 20 މީހުންނަށް އަނިޔާވި ކަމަށް އިޒްރޭލުން ބުނެފިއެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތިން އިޒްރޭލަށް ފޮނުވާލި ޑްރޯން ހަމަލާ އަމާޒުވެފައިވަނީ ޖޯޑަން އާއި މިސްރު ގުޅޭ ބޯޑަރު ސަރަހައްދު، އިޒްރޭލު ފަޅީގެ އެއިލަޓް ސިޓީއަށް ކަމަށް އޮފިޝަލުން ބުނެއެވެ.

އެހާދިސާގައި 20 މީހަކަށް އަނިޔާވެފައިވާ ކަމަށް އިޒްރޭލުގެ ނެޝަނަލް އެމްބިއުލާންސް ސާވިސްއިން ބުނެއެވެ. އެހަމަލާގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.

އިޒްރޭލުގެ ހަޔޯމް ނޫހުން ވަނީ އެހަމަލާ ހުއްޓުވުމަށް ދިން ހަމަލާ ހުއްޓުވުމަށް އެގައުމުގެ އެއާ ޑިފެންސް އެކްޓިވޭޓު ވެފައިނުވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ހޫތީން ވަނީ އިޒްރޭލަށް އެކިފަހަރުމަތިން ހަމަލާތަކެއް ދީފައެެވެ. ހޫތީން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދޭ އެހަމަލާތައް އިޒްރޭލުގެ ޑިފެންސުން ދަނީ ހުއްޓުވަމުންނެވެ.