ތ. ވަންދުއަށް އެ އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކަކޮޅަސް 20 އަހަރު ދުވަހަށް ދީ، މިއަދު އެ ރަށު ކައުންސިލާ ރަށް ހަވާލުކުރައްވައިފިއެވެ.
ވަންދުއަށް ކަކޮޅަސް ދިންކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންވަ ދަތުރުފުޅުގައި ވަންދުއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ، ކަކޮޅަސް ވަންދޫއާ ހަވާލުކުރެވިގެންދިއުމަކީ ރަށުގެ އިގުތިސޯދީ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ.
ރައީސް ވިދާޅުވީ ތ. ކަކޮޅަސް ވަންދޫއާ ހަވަލުކުރީ ރަށާއި، ރައްޔިތުންނަށް ތަރައްގީ ހޯދައިދީ އިގުތިސޯދީ ފުދުންތެރިކަން ހޯދައިދިނުމަށް ކަމަށެވެ.
"އިތުރު ލުއިތައް އަދި ހެޔޮ ބަދަލުތައް އެއްބަސްވުމަށް ގެންނާނަން. އަދި އެ ރަށުން ކައުންސިލަށް އިތުރު ފައިދާތައް ހޯދޭނެ ގޮތްތައް އޮތްތޯ ބަލައި، އެކަމަށް ފަހިކޯށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ވަންދުއަށް ކަކޮޅަސް ދީފައިމިވަނީ ކަކޮޅަސް ދިނުމަށް އެދި ކަނޑޫދޫ ރައްޔިތުންވެސް އެދިފައިވަނިކޮށެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު