ހަނދަށް އިންސާނުން ފޮނުވާ މިޝަން އަންނަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ނާސާއިން ބުނެފިއެވެ.

ނާސާއިން ހަނދަށް އިންސާނުން ފޮނުވާ މިޝަން އަންނަ އަހަރުގެ އޭޕްރިލް އަށް ތައާވަލް ކުރުމަށްފަހު އިއްޔެ ވަނީ އަވަސްކޮށް ފެބްރުއަރީގައި ފެށުމަށް ނިންމައިފައެވެ.

އެންމެ ފަހުން ހަނދަށް އިންސާނުން ދިޔަތާ 50 އަހަރުފަހުން ހަނދަށް ދަތުރުކުރުމަށް ރާވައި އެމިޝަންގައި ނާސާގެ ހަތަރު އެސްޓްރަނައުޓުން ބައިވެރިވާނެއެވެ.

ދިހަ ދުވަހުގެ އެދަތުރަށް މަސައްކަތް ފަށާފައިވާ އިރު ނާސާގެ އެމިޝަންގައި ދިގުމުއްދަތަކަށް ހަނދުގައި އިންސާނުން ތިބުމާ ގުޅޭ ޓެސްޓުތަކެއް ވެސް ހަދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ނަސާއިން ވަނީ ހަނދަށް ދާ މިޝަންގެ އުޅަނދުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުރޫއިންގެ ކެޕްސޫލްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ބުނެފައެވެ.

ނާސާއިން އިންސާނުން ހަނދަށް ފޮނުވާ މިޝަންގައި ބޭނުން ކުރަނީ އޮރިއޮން ނަމަކަށް ކިޔާ ކެޕްސޫލެއްގައެވެ.