ސްރީ ލަންކާގެ ޔުނިވަސިޓީތަކުން އެހެން ގައުމުތަކާ ގުޅިގެން ހިންގާ ބައެއް ކޯސްތަކުގެ ސެޓްފިކެޓްތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބަލައިނުގަންނަން ނިންމައިފި އެވެ.
އެމްކިއުއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާ ހިލާފަށް އެ މިންގަނޑުން ބޭރުން ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާކަމާއި، އެގޮތުން ހުއްދަ ދީފައިވާ މިންގަނޑާ ހިލާފަށް އެތަންތަނުން ހިންގާ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ގަބޫލުކުރާނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތަކާއި، ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން، ސްރީލަންކާގެ ޔުނިވަސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އިން ހުއްދަ ދީފައިވާ މަތީ ތައުލީމު ދޭ މަރުކަޒުތަކުންނާއި އެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތައް ކަމަށެވެ.
އެގޮތުން ސްރީލާންގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔާ ޑިޕްލޮމާ އިން ދަށުގެ ޓަރޝަރީ ޕްރޮގްރާމްތަކަށް ކަމަށާއި އަދި ސްރީލަންކާގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށް ވުރެ މަތީގެ ޕްރޮގްރާމްތަކަށް ކަމަށެވެ.
"އެގޮތަށް އެހެން ގައުމުތަކާ ގުޅިގެން އެ ޕްރޮގްރާމްތައް ހިންގުމަށް ހުއްދަދީފައި ނުވާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިއެވެ. އެހެންކަމުން ހުއްދަ ދީފައިވާ މިންގަޑާ ހިލާފަށް އެތަންތަނުން ހިންގާ ޕްރޮގްރާމް ތަކުގެ ސެޓިފިކެޓް މި އޮތޯރިޓީން މީގެފަހުން ގަބޫލު ނުކުރާނެ ވާހަކަ ދަންނަވަމެވެ." އެމްކިއުއޭގެ އިއުލާނުގައި ބުނެފައިވެ އެވެ.
އެމްކިއުއޭއިންވަނީ ދިވެހި ދަރިވަރުން ސްރީލަންކާގައި ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ގަސްދުކުރާ މަރުކަޒަކީ އެ އޮތޯރިޓީގެ ގަވާއިދު ނަންބަރު: 2022/R-71 (ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދު)ގެ 8 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑަށް ފެތޭ އެ އޮތޯރިޓީން ގަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކުރުމާއެކު، ކިޔަވާ ޕްރޮގްރާމަކީ އެ އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި ދަރިވަރުން ކިޔަވަން ދިއުމުގެ ކުރިން އެމްކިއުއޭ އިން ދޫކުރަމުން އަންނަ "އިންޓެންޑެޑް" ލިޔުން ހޯދަން އިލްތިމާސްކޮށްފައިވެ އެވެ.
އޭގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމަށް ރާއްޖޭގެ މަރުކަޒާއި ބޭރުގެ މަރުކަޒާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމުގެ ކުރިން އެ ކަންކަމަށް ކިޔަވައިދޭ މަރުކަޒުތަކުން ސަމާލުވުމަށް ވެސް އެ އިއުލާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
އާއިޝަތު މާހާ
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން
ބޮލީވުޑް