އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ނޮން އެގްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގައި ހަސަން ކަލާމް އައްޔަންކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އިސްލާމިކް ބޭންކިން އޮފިސަރުގެ މަގާމު އަދާކުރައްވަމުން ގެންދާ ހަސަން ކަލާމް އަކީ ފައިނޭންޝަލް ސާވިސަސް އަދި ބޭންކިން އިންޑަސްޓްރީގައި 13 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ އެ ބޭންކުގެ އިސްލާމިކް ބޭންކިން ހިދުމަތްތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކޮށްދެއްވާފައިވާ ލައިސެންސްޑް ޝަރީއާ އެޑްވައިޒަރެކެވެ.
ކަލާމް ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީ އީއައިއެފް) އިން މާސްޓާސް ޑިގްރީ އިން އިސްލާމިކް ފައިނޭންސް ހާސިލުކުރައްވާފައެވެ. އަދި ކަލާމްއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްސްގެ ސީނިއާ އެސޯސިއޭޓް މެންބަރެއްވެސްމެއެވެ.
އެސްޑީއެފްސީގެ ބޯޑުގެ ޑިރެކްޓަރުންނަކީ:
- މުހައްމަދު ޝަރީފް
- ބަދުރުއްދީން ހަސަން
- ފާތިމަތު ފާރިހަތު ވަހީދު
- ހަސަން ކަލާމް
- ފާތިމަތު އަޒްމާ
- އަހްސަލް މުހައްމަދު
- ފާތިމަތު ޔަމްނާ
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ