ނާސާގެ ސްޕޭސް ޕްރޮގްރާމްތަކުން ޗައިނާ މީހުން ބޭންކޮށްފިއެވެ.
އެމެރިކާގެ ސްޕޭސް އެޖެންސީ، ނާސާއިން ވަނީ ޗައިނާ މީހުންގެ ތެރެއިން ވިސާ އޮތަސް ނާސާގެ ސްޕޭސް ޕްރޮގްރާމްތަކުގައި ބައިވެރިނުވެވޭނެ ކަމަށް ހާމަކޮށްފައެވެ.
ރިޕޯޓުތަކުން ބުނާގޮތުން ނާސާގައި މަސައްކަތް ކުރާ ޗައިނާ މީހުންނަށް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ނާސާގެ ސިސްޓަމްތަކާއި ނާސާގެ ފެސިލިޓީތަކަށް ނުވަދެވޭނެހެން ހުއްޓުވައިފައެވެ. އޭގެތެރޭގައި ނާސާގައި ކޮންޓްރެކްޓް މުވައްޒަފުންނާއި ކިޔަވާކުދިންވެސް ހިމެނެއެވެ.
ނާސާއިން ވަނީ ޗައިނާ އަށް ނިސްބަތްވާ މީހުން ބޭން ކުރަން ނިންމާފައިވަނީ ނާސާގެ ފެސިލިޓީތަކާއި ޑޭޓާތަކުގެ އިތުރުން ނެޓްވޯކްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށް ބުނެފައެވެ.
ޗައިނާ ވެފައިވަނީ އެމެރިކާގެ ނާސާއާ އެންމެ ވާދަވެރި ޖައްވީ ޕްރޮގްރާމްތައް ހިންގާ ގައުމަށެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް