ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނިގޮތުގައި އެ ކުންފުންޏަކީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައިވާ ކުންފުންޏެކެވެ.

އަދި އެ އެކުންފުންޏަކީ އެ ކުންފުނީގެ ދަށުން ރާއްޖެއަށް ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ހާއްސަ ބަލިތަކުގެ މީހުންނަށް ބޭނުންވާ ބޭސް ގަވާއިދުން ނުލިބޭ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.