ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އިންފްރާސްޓަރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސްގެ އިތުރުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމެވެ.
އައިއޭއެސްއެލްގެ އާ އޮފީސް އިމާރާތާ ގުޅޭގޮތުން މިނިސްޓަރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ގައުމީ އެއާލައިންގެ ހިދުމަތް ދެމުން އަންނަތާ 25 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އަމިއްލަ އިމާރާތެއް ލިބިގެން ދިއުމުގެ ފެށުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ އިމާރާތުގެ ސަބަބުން އެއް ފުރާޅެއްގެ ދަށުން ހުރިހާ ހިދުމަތްތަކެއް އައިލެންޑް އޭވިއޭޝަނަށް ދެވޭނެ ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފީސް އިމާރާތަކީ 12 ބުރީގެ އިމާރާތެކެވެ.
އެ އިމާރާތް މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ނަންބަރު 6 އިންޖިނިއަރިން ކުންފުންޏާއެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު