އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމުކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް އިތުރު ދުވެއްޔެއް ގެނައުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ތަރައްގީއަށް މަގުފަހިކޮށްދީ އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އާ ދޮރެއް ހުޅުވާލައިދޭނެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ މެރިކަލްޗާ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ވަކި ސިނާއަތަކަށް ހެދުމަށް، ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މެރިކަލްޗާ ސިނާއަތް ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ