އާއިލާތަކުގެ މެދުގައި ލޯތްބާއި ކުލުނު ދަހަމަހައްޓައިދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ރަހުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މާމައިންނާއި ކާފައިންގެ ދުވަހުގެ މުނާސަބާގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގައި މާމަ ކާފަ ދުވަސް ފާހަގަކުރަން ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މާމަ ކާފަ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.
"މި އުފާވެރި ދުވަހު އަޅުގަނޑުގެ ހިތުގެ އިހުލާސްތެރި ހެޔޮ ދުއާތައް ވަނީ، ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކު،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ މާމަ ކާފަ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ފޮނުއްވައިފައެވެ.
މެޑަމް ސާޖިދާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖުތަމައެއް ބިނާ ކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ބޮޑު ކަމަށެވެ.
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް