ގދ. ގެމަނަފުއްޓަކީ ހުނަރުވެރިން ގިނަ، މަސައްކަތްތެރި ޒުވާނުން ތިބި ރަށެކެވެ.
އަހަރުތަކެއް ކުރީން ވިދާލި "ޒުވާން އިންޖިނިއަރު"ގެ ހަނދާން އެބަހުރި ހެއްޔެވެ؟ އެއީވެސް ގެމަނަފުއްޓަށް އުފަން ޒުވާން އިންޖިނިއަރެކެވެ.
އެރަށު އަބްދުއް ސަމަދު އަދި ފާތުމައިދީއަށް ލިބިފައި ތިބި 10 ކުދީންގެ ތެރެއިން ހަގަށް ލިބުނު ތިން ވަނަ ކުއްޖާއެވެ. ކުޑައިރު އައުޒަމްއަށް ލިބުނު ކުޑަކުޑަ މޯޓަރަކުން އޭނާގެ އުމުރުން 13 އަހަރުގައި ނުވަ ފޫޓުގެ ބައިސްކަލެއް އަމިއްލައަށް ފަރުމާކުރިއެވެ. އެކި ޑިޒައިންތަކަށް ބައިސްކަލުތައް ފަރުމާކުރިއެވެ. އޭގެ އިތުރުންވެސް ތަފާތު ތަކެތި ތައްޔާރުކުރުމަށް އޮތް ޝައުގުން ރިމޯޓް ސައިކަލެއްވެސް ފަރުމާ ކުރިއެވެ.
މިއަދު މިވަނީ ހަމަ އެ އާއިލާއަށް ނިސްބަތްވާ އައުޒަމްއަށް ބޮޑުބޭބެ ކިޔާ އައިޒަން އަމްޖަދުގެ ހުނަރު މުޅި ރާއްޖެއަށް ފެނިފައެވެ. އައިޒަން އަކީ މަރިޔަމް ޝުނީޒާ އަދި އިބްރާހިމް އަމްޖަދުގެ ފުރަތަމަ ދަރިފުޅެވެ. ދެން ހުންނަނީ 13 އަހަރުގެ ކޮއްކޮއެކެވެ.
އައިޒަން "ވަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާވެސް ކުޑައިރު ރިމޯޓު ކާރުތައް ރޫޅައި، އަމިއްލަ އީޖާދުތައް ކުރަން ލޯބިކުރި ކަމަށެވެ. އެހެންވެ އިންޖިނިއަރިންއަށް ޝައުގުވެރިކަން އިތުރުވިކަމެވެ.
"އެ އެއްޗެހިތައް ބޭނުންކޮށްގެން ޔޫޓިއުބް ވީޑިއޯތަކާ އެއްޗެހި އެއީ ކުޑައިރު ބަލައި އުޅުނު އެއްޗެެއް. ހިތްވަރު ދިނީ މައިންބަފައިން. މިކަހަލަ ކަމަކަށް ވަރަށް ބޮޑު އިންވެސްޓެއް އެ ކުރެވެނީ. މިއީ އެންމެ ފުރަތަމަ ފަހަރު ވެލްޑިން ކުރުމަށް ފެށި މަސައްކަތް. އެކަން ފެށުމަށް އަޅުގަނޑުގެ ބޭބެއެއް ވަރަށް ބޮޑަށް އެހީތެރިވި. ފުރަތަމަ ވެލްޑިން ކުރަން ވަކި މީހަކު ކައިރިން ދަހެއް ނުކުރަން. އެއީތެރިޔަކަށް ހުރީ ހަސީބު. ހަސީބު އެއީ އަންކަލް." އައިޒަން "ވަން"އަށް ބުންޏެވެ.
އޯލެވެލް ނިންމުމަށްފަހު، އައިޒަންގެ ވިސްނުމުގައި ކުލަޖައްސަން ފެށީ މިއަހަރުގެ ޖޫން 16 ވަނަ ދުވަހުގައެވެ. އެ މަސައްކަތް އެކީ ފުރިހަމަކޮށް ނިންމީ މި މަހުގެ 27 ގައެވެ.
ދެ މަހައި 11 ދުވަހުން އޭނާ އޭނާ ފަރުމާކުރީ ޒަމާނީ ކާރެކެވެ. ބައްޓަމަކީ ރޭސް ކާރެވެ. އަޑާއި އޭގައި ހަރުކޮށްފައި ހުރި ލައިޓުތައްވެސް ސިފަކޮށްދެނީ ރޭސް ކާރުތަކުގެ އަލިތަކެވެ. އެ ދުއްވާއިރު އިވޭ އަޑަކީވެސް އާދައިގެ ކާރުތަކާ ތަފާތު އަޑެކެވެ.
އައިޒަންގެ ބޭބެ އޭނާގެ ކޮއްކޮގެ އެ މަސައްކަތްކާ ގުޅޭ އިތުރު މައުލޫމާތު "ވަން" އަށް ދެމުން ބުނީ ކަވަރުތައް ހަދާފައި ހުންނަނީ ފްރޭމްގެ ތިރިން ފައިބާގްލާސް ޝީޓްތައް ރިވެޓްކޮށްގެން ކަމަށެވެ. ވެލްޑިން، ކަޓިން، އަދި ވަޔަރިން ފަދަ ހުރިހާ ކަމެއް ވެސް ކުރީ އައިޒަން އަމިއްލައަށެވެ.
އައިޒަން ވަކި ހުއްދައެއް ނަގައިގެން އޭނާ ނިންމި ކާރު ރަށުގެ މަގުތަކުގައި ދުއްވިއެވެ. އައިޒަން ބޭނުންވާ ފެންވަރަށް އެ ކާރު ފަރުމާ ނުވަނީސް މިދިޔަ ބުރާސްފަތި ދުވަހު އައިޒަން ވަނީ މާލެ އައިސްފައެވެ. ގައުމީ ޔުނިވަސިޓީގެ އިންޖިނިއަރިން ކޯހެއްގެ ލެވެލް 4 ހަދާށެވެ. އައިޒަންގެ ހުވަފެނަކީ އެ ދާއިރާއިން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔެވުމެވެ.
އައިޒަން ބުނީ ރޭސް ކާރު އެސޯސިއޭޝަންގެ އިސްފަރާތްތަކާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިސްފަރާތްތަކުގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އޭނާއަށް ބައްދަލުކުރައްވައި ތައުރީފުކުރައްވައިފައެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީންވެސް ވަނީ އައިޒަންގެ ކާރުގެ ވީޑިއޯއަކާއި އޭނާގެ ކުރު އިންޓަވިއުއެއް އެ ޕޯސްޓުގައި ހިމަނައިފައެވެ.
ފައިސަލް ނަސީމްގެ އެކްސް ޕޯސްޓެއްގައި ވިދާޅުވީ އައިޒަންއާ ބައްދަލުކުރެއްވި ކަމެވެ. ރާއްޖޭގެ މުސްތަގުބަލު ގުޅިލާމެހިފައިވަނީ އެފަދަ ޒުވާނުންނާ ކަމަށް ފައިސްލްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
"އައިޒަން ވަނީ އަމިއްލަ މަސައްކަތުން ކާރެއް ހަދާފަ. އައިޒަންގެ މަންމަ ވިދާޅުވިގޮތުގައި އައިޒަން އަކީ ކުޑައިރުއްސުރެ އިންޖިނިއަރިންގެ ދާއިރާއަށް ޝައިގުވެރިވާ ކުއްޖެއް އަދި މި ރޮނގުން ކުރިއަށްދާން ބޭނުންވާ ކުއްޖެއް. އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލު ގުޅިލާމެހިފައި ވަނީ މިފަދަ ހުނަރުވެރި ކުދީންނަށް. އައިޒަންއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން." ކުރީގެ ނައިބު ރައީސްގެ ޕޯސްޓުގައި ވެއެވެ.
އައިޒަން ބުނީ ހާއްސަކޮށް މައިންބަފައިންނަށާއި އެ މަސައްކަތަށް އިންވެސްޓު ކޮށްދިން ދެ ބޮޑުބޭބެއިންނަށް ޝުކުރު އަދާކުރާކަމަށެވެ. އެއީ އައިޒަންގެ ދެ ބޮޑުބޭބެއިން ކަމަށްވާ ހަސީބު އަދި މުދީބު އެވެ.
އައިޒާން ފަދަ ޒުވާން އިންޖިނިއަރުން ރާއްޖޭގެ އެެކިކަންކޮޅުތަކުގައި ފިޔަޖަހަމުން އަންނައިރު، ކޮންމެ އަހަރެއްގެ އޮގަސްޓު 30 ވަނަ ދުވަހަކީ އިންޖިނިއަރުންގެ އަގު ވަޒަންކުރުމަށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެހެންކަމުން އެ ދުވަހުގެ މުނާސަބަތުގައި ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ހިތޯބުގައި ވިދާޅުވީ އިންޖިނިއަރުން ގައުމަށް ކޮށްދޭ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 2026 އިން ފެށިގެން ގައުމީ އެވޯޑު ސަރުކާރުން ދޭން ފަށާނެ ކަމަށެވެ.
އޮގަސްޓް 30، އަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ އިންޖިނިއަރުންގެ ދުވަސް ކަމަށް ކަނޑައެޅީ އެ ދުވަހަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ސިނަމާލެ ބުރިޖު ހުޅުވި ދުވަސް ކަމަށްވާތީ އެެވެ. ގައުމީ ފެންވަރުގައި އެ ދުވަސް ފާހަގަ ކުރަން ރައީސް ހަމަޖެއްސެވީ މިދިޔަ ޖޫން 15 ގައެވެ.
ފާތިމަތު ލިއުޝާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު