ކުވޭތުގައި ބަނގުރާ ކައްކައިގެން ބުއި 23 މީހަކު މަރުވެއްޖެއެވެ.
ކުވޭތުގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ބަނގުރާ ކައްކައިގެން ބުއި 23 މީހަކު މަރުވެފައިވާއިރު އެ މައްސަލައާ ގުޅިގެން 67 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކުވޭތަކީ ބަނގުރާ އިމްޕޯޓު ކުރުމުގެ އިތުރުން އެ ގައުމުގައި ބަނގުރާ އުފެއްދުން މަނާކޮށްފައިވާ ގައުމެކެވެ. ނަމަވެސް އެ ގައުމުގައި ބަނގުރާ ކައްކައި ވިއްކުމަކީ އާންމު ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކުވޭތުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހަފުތާ ބަންދުގައި އެ ގައުމުގެ ހަ ފެކްޓްރީއެއް ރެއިޑުކޮށްފައިވާ ކަމަށާއި އެތަންތަނުގައި ބަނގުރާ ކައްކައި ވިއްކުމުގެ ބޮޑު ވިޔަފާރިއެއް ކުރަމުން ދާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ.
ކުވައިތުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިދިޔަ ހަފުތާގައި ބަނގުރާ ބޮއިގެން ވިހަ ވެ 160 މީހަކު ފަރުވާ ހޯދައިފައިވެއެވެ.
މުހައްމަދު އައުޒަމް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި