ގދ. ފިޔޯރީގައި ރުކެއް ކަނޑަން އުޅުނު މީހަކަށް އަނިޔާވެ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
އެ ރަށު ކައުންސިލު މެމްބަރު މުހައްމަދު ޝަހުމަތު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު ކަމަށާއި އިތުރު ފަރުވާއަށް މިހާރު އޭނާ މާލެ ގެނެސްފައިވާ ކަމަށެވެ.
ޝަހުމަތު ވިދާޅުވީ އެ ހާދިސާ ހިނގީ އަނީދު އާއި އަދި އިތުރު ބަޔަކު ރުކެއް ކަނޑަން އެއްސި ވާ، ރުއް ވައްޓާލަން އުޅުމުގެ ތެރޭގައި ވާ އެހެން ރުކެއްގައި އަޅައިގަނެ އަދި އެންމެން ވަލުން ދޫކޮށްލި ވަގުތު އަނީދުއަށް ވަލުން ދޫކޮށްނުލެވުމުގެ ސަބަބުން ކަމަށެވެ. އަނީދު ހުރީ ވަލުގެ މުގުލުގައި ކަމަށާއި ވާ އޮތީ އޭނާގެ އަރިކައްޓާއި އަތާ ދޭތެރޭގައި ކަމަށާއި އެންމެން ވަލުން ދޫކޮށްލި ވަގުތު އޭނާ ވިއްސައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ޝަހުމަތު ވިދާޅުވިއެވެ.
ވެއްޓި ޖެހުމާއެކު އަނީދު ހޭނެތިފައިވާ ކަމަށާއި އޭނާއަށް ނޭވާލެވުނީ ވެސް އިރުކޮޅެއް ފަހުން ކަމަށް ޝަހުމަތު ވިދާޅުވިއެވެ. އަދި އޭނާގެ މޭކަށިގަނޑު ބިނދި، ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރުއް ކަނޑަން އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް އެކި ކަހަލަ ނުރައްކާތެރި ހާދިސާތައް ހިނގައި މީހުންނަށް އެކިވަރުގެ އަނިޔާވެފައިވެއެވެ.
އާއިޝަތު މާހާ
އެމެރިކާ
ބޭރު ކުޅިވަރު
ދުނިޔެ
ނިއުޒިލެންޑް