މާލޭގައި މިފްކޯގެ އިތުރު މަސްފިހާރައެއް ހުޅުވައިފިއެވެ.
މިފްކޯއިން ބުނީ އިއްޔެ ނޯތު ހާބަރު ސަރަހައްދުގައި މިފްކޯ މަސް ފިހާރައިގެ އައުޓްލެޓެއް ހުޅުވައިފައިވާ ކަމަށެވެ.
"ޑިސްޓްރިބިއުޝަން ޕާޓްނާ ވިޔަފާރިތަކަށް މިހާރު ސެންޓްރަލް މާކެޓް ސަރަހައްދުގެ ތެރެއިން އަޅުގަނޑުމެންގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ. ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:30 އިން ހަވީރު 6:00 އަށް މި އައުޓްލެޓް ވިޔަފާރި ކުރުމަށް ހުޅުވާލާނެ." މިފްކޯއިން ބުންޏެވެ.
މިފްކޯއިން މާލޭގައި މިހާރު ހުޅުވާފައިވާ ހަތަރު ފިހާރައިންވެސް އެ ކުންފުނީގެ އުފެއްދުންތައް އަތްފޯރާފަށުގައި ލިބެން ހުރެއެވެ. އޭގެ ތެރޭގައި ތެޔޮމަސްދަޅު، ފެންމަސްދަޅު، ކުނޑިމަސް، ވަޅޯމަހުގެ ބާވަތްތަކުގެ އިތުރުން ކަނޑުމަސް ގަނޑުކޮށްގެން ވިއްކައެވެ.
ފާތިމަތު ލިއުޝާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު