ފިންލޭންޑުން ވެސް ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފިއެވެ.

ފިންލޭންޑްގެ ރައީސް އެލެގްޒެންޑާ ސްޓަބް ވަނީ އެ ގައުމުގެ ސަރުކާރުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފި ނަމަ، އެކަން އެޕްރޫވްކުރާނެކަމަށް ވިދާޅުވެފައެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ފްރާންސާއި ކެނެޑާ އިން ވަނީ ފަލަސްތީނުގެ ދައުލަށް ބަލައިގަންނާނެކަން އިއުލާންކުރުމަށް ނިންމައިފައެވެ. އެގޮތުން އަންނަ ސެޕްޓެމްބަރުގައި އޮންނަ އދގެ ޖެނެރަލް އެސެމްބްލީގައި ރަސްމީކޮށް އެކަން ނިންމުމަށް އެ ދެ ގައުމުން ވަނީ ތައްޔާރުވެފައެވެ.

ފިންލޭންޑްގެ ރައީސް ސްޓަބް ވިދާޅުވީ ފްރާންސާއި ޔޫކޭ އަދި ކެނަޑާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމުމަކީ ފިންލޭންޑަށްވެސް އެގޮތަށް އަމަލުކުރުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށާއި މެދުއިރުމަތީގެ އަމާންކަމަށް އެކަން ކުރަން ޖެހޭ ކަމަށެވެ.

އެގައުމުގެ ސަރުކާރުގައިވެސް ހިޔާލުތަފާތުވުން ހުރި ކަމަށާއި ފަލަސްތީނު މައްސަލައިގައި އެންމެ ފަހުގެ ނިންމުން ނިންމުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ރައީސް ސްޓަބް ވިދާޅުވިއެވެ.