ހޫތީންގެ ހަމަލާތަކުގެ ސަބަބުން ރަތް ކަނޑުގެ އިންޝުއަރެންސް އަގު ބޮޑުވާން ފަށައިފިއެވެ.
ޔަމަނުގައި ހަރަކާތްތެރިވާ މިލިޓަރީ ގުރޫޕު ކަމަށްވާ ހޫތީން ރަތް ކަނޑު ހުރަސްކުރާ ކާގޯ ބޯބޯޓުތަކަށް ދޭ ހަމަލާތައް ވަރުގަދަ ވެފައިވާއިރު އެކަމުގެ ސަބަބުން އެ ސަރަހައްދު ނުރައްކާވެ ކާގޯ ބޯޓުތައް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ހޫތީން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ރަތްކަނޑުން ދަތުރުކުރާ ކާގޯ ބޯޓުތަކުން ކުރަމުން އަންނަ އިންޝުއަރެންސްގެ އަގު ދެގުނައަށްވުރެ މަތި ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އެގޮތުން މިމަހުގެ ކުރީކޮޅު ހުރި އަގަށްވުރެ %0.7 އިންސައްތައަށް އަގު އުފުލިފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
މެދުއިރުމަތީން ތެޔޮ ބަރުކޮށްގެން ބޯޓުތައް ހުރަސްކުރާ މައިގަނޑު މަގުކަމަށްވާ ރަތް ކަނޑުގެ ސަރަހައްދަށް ހޫތީން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ނުރައްކާ ބޮޑުވެފައިވާތީ، ކާގޯ ބޯޓުތައް އެހެން މަގުތައްވެސް ބޭނުންކުރަން ފަށާފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ހޫތީން ދިން ހަމަލާގައި މިދިޔަ ހަފުތާގައިވެސް ރަތް ކަނޑުން ދަތުރުކުރި ދެ ކާގޯ ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ވެ އެއްބޯޓު އަޑިއަށް ގޮސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު