ނުރައްކާ ބޮޑުވެއްޖެ ނަމަ އަލުން އިރާނަށް ހަމަލާދޭންޖެހިދާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރ އިސްރައެލް ކާޓްޒް އިއްޔެ ވަނީ އިރާނުން އެގައުމަށް ނުރައްކާކުރަން ފަށާފައިފި ކަމަށާއި ނުރައްކާ ބޮޑުވެއްޖެ ނަމަ ހަމަލާދޭން ފަށާނެ ކަމަށް ބުނެފައެވެ.
އިސްރާއީލުގެ އެއާފޯސްގެ ގްރެޖުއޭޝަންގައި އިސްޔެ ވާހަކަދައްކަމުން ކާޓްޒް ވަނީ އިސްރާއިލުގެ ދިގުއަތް އިރާނުގެ ސިޓީތަކަށް ދެން އަރާއިރު ވަރުގަދަ ވާނެ ކަމަށާއި އެދަނޑިވަޅުގައި ފިލަން ވަންނާނެ ތަނެއް ނޯންނާނެ ކަމަށް ބުނެފައެވެ.
އިސްރާއީލުން އިސްވެ އިރާނަށް ހަމަލާދީ މިދިޔަ މަހު ހިންގި 12 ދުވަހުގެ ވަރުގަދަ ހަމަލާތަކުގައި ދެގައުމަށްވެސް ބޮޑެތި ގެއްލުން ވެފައިވާއިރު އިސްރާއިލާއި އިރާނުން ވަނީ އެމެރިކާ މެދުވެރިވެ އެއްބަސްވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ