ތާލިބާނުންގެ އިސް ދެ ވެރީން ހައްޔަރުކުރުމުގެ އަމުރެއް ދަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރެފިއެވެ.
އައިސީސީގެ ފަނޑިޔާރުން އިއްޔެ ނެރުނު މި އަމުރުގައި ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ ދެ ބޭފުޅެކެވެ. އެއީ ތާލިބާންގެ ސުޕްރީމް ލީޑަރު ހައިބަތުﷲ އަހުންނަޒާދާ އާއި ތާލިބާނުންގެ ޗީފް ޖަސްޓިސް އަބްދުލް ހަކީމް ހައްގާނީ އެވެ.
އައިސީސީ އިން ވަނީ ތާލިބާނުން އަފްގާނިސްތާނުގައި އަންހެނުންނާއި އަންހެން ކުދީންގެ ކަރާމަތް ނަގާލައި ނުހައްގު އަދަބު ދެމުން ދާ ކަމަށާއި އެކަމުގެ ކުށުގައި ތާލިބާނުގެ އިސް ދެ ވެރީން ހައްޔަރުކުރުމަކީ މިހާރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
އައިސީސީ އިން އަމުރު ނެރުމާއެކު ތާލިބާނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. ތާލިބާނުން ނެރުނު ބަޔާނުގައި ބުނީ އައިސީސީ އިން ކުރަނީ އެއްވެސް ބުރަދަނެއް ނެތް ތުހުމަތުތަކެއް ކަމަށާއި އައިސީސީ އަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭ ބާވަތުގެ ކޯޓެއް ނޫންކަމަށެވެ.
ތާލިބާނުން ނެރުނު ބަޔާނުގައި ވާގޮތުން އެތައް ސަތޭކަ އަންހެނުންނާއި ކުޑަކުދީން ގާޒާގައި ކޮންމެ ދުވަހަކު މަރަމުން ދާއިރު އައިސީސީ އަށް ނުފެންނަކަންވެސް ފާހަގަކޮށްފައެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ