ސޭޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް ވޭވަލް ރާމްކަލާވަން އަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
ރައީސްގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ، އެ ގައުމުގައި މިނިވަންދުވަސް އިހުތިފާލުކުރަމުންދާނީ އުފާވެރިކަމާއި އެއްބައިވަންތަކަމާއެކުގައި ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖެ އާއި ސޭޝެލްސްގެ ގުޅުން، ސާބިތުކަންމަތީ ދެމެހެއްޓެވުމުގެ އަޒުމުގައި ދެމިހުންނެވިކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ވަނީ ދެއްވައިފައެވެ.
ރައީސް ރާމްކަލާވަން އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވައި، ރައީސް ވަނީ، އިންޑިޔާ ކަނޑުގެ އަމަންއަމާންކަމާއި ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީއަށް އެކުގައި ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.
މީގެ އިތުރުން، މިއަދުގެ މުނާސަބަތަކީ، ސޭޝެލްސްގައި އެއްބައިވަންތަކަމާއި ކުރިއެރުން އިތުރަށް ފަހިކޮށްދޭ މުނާސަބަތަކަށް ވެގެންދާނޭ ކަމަށް އުއްމީދުކުރައްވާކަމުގައި އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ރާއްޖެ އާއި ސޭޝެލްސް އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނެވިކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ