ހަނގުރާމައިގައި މަރުވި އިރާނުގެ ކޮމާންޑަރުންގެ ޖަނާޒާ ބާއްވައިފިއެވެ.
އިރާނުގެ ވެރިރަށް ތެހެރާންގައި އިއްޔެ ކުރިޔަށް ގެންގޮސްފައިވަނީ މަރުވި ކޮމާންޑަރުންނާއި ސައިންޓިސްޓުންގެ އިތުރުން އާންމު ބައެއް މީހުންގެ ޖަނާޒާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖަނާޒާގައި ބައިވެރިވުމަށް ތެހެރާންގެ މަގުތަކަށް އެތައް ހާސް ބަޔަކު އެއްވެފައިވާއިރު އިރާނުގެ ޓީވީތަކުން ވަނީ އެމަންޒަރު ވަގުތުން ދައްކާފައެވެ. މަންޒަރުތަކުން ފެންނަގޮތުން ކަޅު ހެދުމުގައި އެއްވެފައި ތިބި މީހުން ތިބީ މަރުވި މީހުންގެ ފޮޓޯއާއި އިރާނުގެ ދިދަ ހިފައިގެންނެވެ.
ޖަނާޒާ ކުރިޔަށް ދިޔައިރު މަރުވި ކޮމާންޑަރުންނާއި ސައިންޓިސްޓުންގެ އިތުރުން އާންމުންގެ ބައެއް މީހުންގެ ސަންދޯއް މަތީގައި އިރާނުގެ ދިދަ ބާއްވާފައި އޮތެވެ.
އިސްރާއީލުން އިރާނަށް މިމަހުގެ 13 ވަނަ ދުވަހު ދިން ކުއްލި ހަމަލާގައި އިރާނު ސަރުކާރުގެ އިސްފަރާތްތަކުގެ އިތުރުން ނިއުކްލިއާ ސައިންޓިސްޓުންނާއި ކޮމާންޑަރުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވަނީ މަރާލާފައެވެ.
އިރާނުގެ އޮފިޝަލުން ވަނީ އެ ހަމަލާތައް ދީފައިވަނީ އިރާނުގައި ހަރަކާތްތެރިވާ މޮސާޑުގެ އެޖެންޓުން ކަމަށާއި އެމީހުން ހަމަލާދިނުމުގައި ބޭނުންކޮށްފައިވާ އާލާތްތައް އެތެރެކޮށްފައިވަނީ އިސްރާއީލުން ކަމަށް ފާހަގަކޮށްފައެވެ.
އެ ހަމަލާއަށްފަހު އިރާނުން ވަނީ އިސްރާއީލަށް ބަދަލު ހިފުމުގެ ވަރުގަދަ ހަމަލާތައް ދޭން ފަށައިފައެވެ. އިރާނާއި އިސްރާއީލު 12 ދުވަސް ވާންދެއް ކުރި ހަނގުރާމަ ނިމުމަކަށް އައީ އެމެރިކާއާއި ގަތަރު މެދުވެރިވެ އިރާނާއި އިސްރާއީލު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސް ވުމުންނެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ