ޝަކުވާއެއް އޮތުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގައި ހުސްކޮށް އޮތް ތިން މެންބަރުންގެ މަގާމަށް މެންބަރުން އިންތިހާބުކުރިތާ ތިން ދުވަސްވީ އިރުވެސް އެ މެންބަރުންނަށް މަގާމާ ހަވާލު ނުކުރެވި ފަސްވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވަނީ އެމްއެމްސީގައި ހުސްކޮށް އޮތް ގޮނޑިއަށް މެންބަރުން އިންތިހާބުކޮށްފައެވެ. އެގޮތުން މީޑިއާތަކުން އިންތިހާބުކުރާ ދެ ގޮނޑިއަށް އިންތިހާބުކޮށްފައިވަނީ "އަދަދު" ނޫހުގެ ލީވާން އަހުމަދު ނަސީރާއި "ދައުރު" ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމެވެ. އާންމުން ތަމްސީލްކުރާ ގޮނޑިއަށް އިންތިހާބުކުރީ ހައްވާ ވަޖުދާއެވެ.
އެނގިފައިވާ ގޮތުގައި، މީޑިއާ ކައުންސިލަށް އިންތިހާބުވި އާ މެންބަރުން އަދިވެސް މަގާމު ހަވާލުނުކޮށް ލަސްކުރަމުން ދަނީ އާންމުން ތަމްސީލްކުރާ ގޮނޑިއަށް ވާދަކުރި މުހައްމަދު އަމީން އަލީ ޔޫތު މިނިސްޓްރީއަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
އަމީން ހުށަހެޅި ޝަކުވާއަކީ ރީރަޖިސްޓްރޭޝަނަށް ފަހުން ފުރުސަތު ހުޅުވައިނުލުމެވެ.
ޔޫތު މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ، މެންބަރުންނާ މަގާމު ހަވާލުކުރުން ލަސްވަނީ ޝަކުވާއާ ގުޅިގެން ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ އަދި ނުލިބޭތީ ކަމަށެވެ.
އަލީ ޔާމިން
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ