އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ޝައުގެއް މިހާރު ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އިއްޔެގެ ވަގުތެއްގައި އެމެރިކާގެ އެއާފޯސް ވަންގެ ހެލިކޮޕްޓަރަށް އަރައިވަޑައިގަތުމުގެ ކުރީން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވަނީ އިރާނުގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރައްވައިފިނަމަ އިތުރު ހަމަނުޖެހުންތަކެއް އުފެދިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ވެރިކަން ބަދަލުކުރުމަކީ ސިޔާސީގޮތުން ބޭނުން ކުރަން ރަނގަޅު ބަހެއް ނޫން ކަމަށެވެ. މިހާރުގެ ސަރުކާރުން ''މޭކް އިރާން ގްރޭޓް އަގެއިން'' އަށް ބަދަލު ނުކުރެވޭ ނަމަ ސަރުކާރު ބަދަލު ނުކުރަން ވީ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އިރާނާއި އިސްރާއީލު ކުރަމުން ދިޔަ ހަނގުރާމަ ސުލްހަ ކުރުމަށް ކުރި މަސައްކަތުން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ދެ ގައުމުން ވެސް ވަނީ ގަބޫލު ކޮށް ހަމަލާ ބަދަލުކުރުން ހުއްޓާލާފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު