މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުގައި އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް 11 ދަރިވަރަކަށާއި ހައި އެޗީވާސް ސްކޮލާޝިޕް 87 ދަރިވަރަކަށް ލިބިއްޖެ އެވެ.

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި 367 ދަރިވަރަކު ހިމެނުނެވެ.

ފަސް މާއްދާއިން "އޭ ސްޓާ" ހޯދައިގެން 11 ދަރިވަރަކު ރައީސްގެ ސްކޮލާޝިޕް ހޯދިއިރު 87 ދަރިވަރަކު ހައި އެޗީވާސް ސްކޮލާޝިޕް ހޯދީ ފަސް މާއްދާއިން އޭ ހޯދައިގެންނެވެ.

ރައީސްގެ ސްކޮލާޝިޕް ލިބުނު ދަރިވަރުން

  • އަލީ ހައިޝަމް (ސީއެޗްއެސްއީ)
  • އަހުމަދު ސަލަފު ހާޝިމް (ސީއެޗްއެސްއީ)
  • މުހައްމަދު ފާހިމް އިބްރާޙިމް (ސީއެޗްއެސްއީ)
  • އައިޝަތު އީޝަލް އަހުމަދު އަސްލަމް (ސީއެޗްއެސްއީ)
  • އައްޔޫބު ޝަހީބް (ސީއެޗްއެސްއީ)
  • ހައްވާ ޒައިހާ ހަބީބް (އަރަބިއްޔާ ސްކޫލް)
  • މުހައްމަދު ނަބީހް އިބްރާހިމް (ސީއެޗްއެސްއީ)
  • އަހުމަދު ޔާސިން އިބްރާހިމް (ޖަލާލުއްދީން ސްކޫލް)
  • ލުބާނާ އަބްދުލް މޫމިން (ބ. އެޓޯލް އެޑިޔުކޭޝަން ސެންޓަރު)
  • މުހައްމަދު މަނޫން ފާއިޒު (ބ. އެޓޯލް އެޑިޔުކޭޝަން ސެންޓަރު)
  • ނުހާ ރިލްވާން (އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް)

އެ ދަރިވަރުންނާ އެވޯޑު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.