ހަމަލާ ދެމުން ދަނިކޮށް ނިއުކްލިއާ ވާހަކަ ދެއްކޭން ނެތް ކަމަށް އިރާނުން ބުނެފިއެވެ.
އިރާނުގެ ފޮރިން މިނިސްޓަރު، އައްބާސް އަރާޗީ އިއްޔެ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން ބޭނުން ވިޔަސް ނިއުކްލިއާ މަޝްވަރާތަކަށް އިރާނުން ނުދާނެ ކަމަށެވެ.
އަރާޗީ ވިދާޅުވީ އެމެރިކާއިން އެތައް ފަހަރެއްގެ މަތީން ވާހަކަތައް ކުރިޔަށް ގެންދަން އެދިފައިވާކަމަށާއި ނަމަވެސް އިސްރާއީލުން ހިންގަމުން ގެންދާ އަމަލުތަކާއި އިސްރާއީލުގެ ހަމަލާތައް ނުހުއްޓާހާ ހިނދަކު އިރާނުން އެއްވެސް މަޝްވަރާއެއް ކުރަން ބޭނުން ނޫން ކަމަށެވެ.
އެމެރިކާއިން އިރާނަށް ހަމަލާ ދިނުމާ މެދު ދެހަފުތާތެރޭ ގޮތެއް ނިންމާނެ ކަމަށް ރައީސް ޑޮނަލްޑް ޓަރަމްޕް ވިދާޅުވެފައިވާއިރު ޓްރަމްޕް ވަނީ މައްސަލަ ހައްލުކުރުމަށް އިރާނާއެކު މަޝްވަރާއަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައެވެ.
އިރާނާއި އިސްރާއީލު ކުރަމުން އަންނަ ހަނގުރާމަ ދެވަނަ ހަފްތާއަށް ފެށިފައިވާއިރު އިސްރާއީލުން ވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކުގެ އިތުރުން އިރާނުގެއާންމުން އުޅޭ ސަރަހައްދުތަކަށް ހަމަލާދީ ގިނަ އަދަދެއްގެ ބަޔަކު މަރާލާފައެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި