ނައިޖީރިއާގައި ފެންބޮޑުވެގެން މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް އަރައިފިއެވެ.
ނައިޖީރިއާގެ މޮކޯވާ ޓައުންއަށް މިދިޔަ ހަފުތާގައި މޫސުން ގޯސްވެ ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ހާދިސާތަކެެއް ހިނގާފައިވާއިރު އެ ސަރަހައްދުން މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ފެންބޮޑުވުމުގެ ހާދިސާތަކުގައި 500 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
މޮކޯވާގެ ސަރުކާރުގެ އޮފިޝަލުން ވަނީ މީހުން ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި ކުރަމުން ދިޔަ ނަމަވެސް އެމީހުން ދިރި ތިއްބައި ފެނިދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށް ފާހަގަކޮށްފައެވެ.
މިއީ އެ ސަރަހައްދަށް ވޭތުވެދިޔަ 60 އަހަރު ތެރޭ ފެންބޮޑު ނުވާވަރަށް ފެންބޮޑުވި ފަހަރެއްގެ ގޮތުގައި ރިޕޯޓުތަކުގައި ވަނީ ފާހަގަކޮށްފައެވެ.
ގެއްލިފައިވާ މީހުން ވަޅުލެވި މަރުވެފައިވާކަމަށް ބެލެވިފައިވާއިރު އެ ސަރަހައްދުގައި ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެކަމަށް ބެލެވޭތީ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު