މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފިއެވެ.
އެމްޓީޑީސީއިން މިގޮތަށް ފާސްކުރީ ހޮޓެލް ޖެންްގައި ރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 50 ލާރި ބެހުމަށް ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 ޕަސެންޓް ވޯޓުންނެވެ.
މިދިޔަ އަހަރު އެމްޓީޑީސީއިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 60 ލާރިއެވެ.
އެމްޓީޑީސީއަށް މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.9 މިލިއަން ޑޮލަރެވެ. މިއީ 2023 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 3.1 މިލިއަން ޑޮލަރާ އަޅައި ބަލާއިރު 38.7 ޕަސެންޓް ދަށް އަދަދެކެވެ.
މި ޖަލްސާގައި 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ވަނީ ފާސްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ވަނީ ހަމަޖައްސައިފައެވެ. އަދި އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 27،000 ޑޮލަރު ދިނުމަށް ވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު
ހުރިހާ މޮޅެއް އޮޑިޓަރައް ހިއްސާދާރުން ނައް ސުމެއް ހާދަފައްކާ ކުންފުންޏެކޭމީ މިކަހަލަ ކުންފުނިތައް އިތުރުކުރޭ
ރަބަރޭ - 1 އަހަރު ކުރިން