ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދަތުރުފުޅު ކުރެއްވި މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބިގެން އިމަޖެންސީގައި އެހެން ގައުމަކަށް ބޯޓު ޖައްސައި، ނައިބު ރައީސް އެހެން ފްލައިޓެއްގައި ވަޑައިގެންފިއެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ބޮމެއް އޮތް ކަމުގެ އިންޒާރު ދިނީ ޔުނައިޓެޑް އެއާލައިންގެ ވައިޑްބޮޑީ ބޮއެން 777 ގެ ފްލައިޓެއް މިދިޔަ އަންގާރަ ދުވަހު ހަވާއީގެ ހޮނޮލޫލޫ އިން ލޮސް އޭންޖެލްސްއަށް ދަތުރުކުރަމުން ދަނިކޮށެވެ.
ބޮމުގެ އިންޒާރާއެކު ބޯޓު ވަނީ އިމަޖެންސީގައި އަނބުރާ ޖައްސައިފައެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ނައިބު ރައީސް ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައެވެ.
ބޮމުގެ އިންޒާރު ދިން ފްލައިޓުން 300 އަށް ވުރެ ފަސިންޖަރުން ދަތުރުކުރިއެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް