އެލައިޑަށް 40 އަހަރު ފުރުން ކަސްޓަމަރުންނާއެކު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ،
"އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް"ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި އިވެންޓް އޮތީ، ރޭ، ހޮޓެލް ޖެންގަ އެވެ. މި އިވެންޓުގައި ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ބައިވެރިވެފައިވެއެވެ.
އެލައިޑުން ބުނި ގޮތުގައި އެ އިވެންޓުގެ މަގުސަދަކީ އެ ކުންފުނީގެ ކާމިޔާބު ދިގު މާޒީގެ ފަހަތުގައިވާ އަގުހުރި، ހިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ފަރާތްތަކާ އެކު ވަގުތު ހޭދަކޮށް ހިޔާލު ބަދަލުކޮށްލުމެވެ.
ރޭގެ އިވެންޓުގައި އެލައިޑުން ވަނީ ޕްރޮޑަކްޓް ޕޯޓްފޯލިއޯ މުއްސަނދި ކުރުމަށް މި އަހަރަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތަކުގެ ހައިލައިޓްސް ކަސްޓަމަރުންނާ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި، ކްރިޓިކަލް އިލްނެސް ކަވާ، ސައިބާ، އިންޝުއަރެންސް ކަވާ އަދި އެމްޕްލޯޔާސް ލައިބިލިޓީ ކަވާ ހިމެނެ އެވެ.
މިޕްލޭންތަކާ ގުޅޭގޮތުން އެލައިޑުން ބުނެފައި ވަނީ ކުންފުނީގެ އުފެއްދުންތައް ބައްޓަން ކުރުމުގައި ބަވަނަވަމުން އަންނަ ދުނިޔޭގެ ބަދަލުތަކަށް ފެތޭ ގޮތަށް ޕްލޭންތައް ފަރުމާކުރުމަށް ކުންފުނިން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން މި ޕްލޭންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ އުއްމީދެއްކަމުގައި އެލައިޑުން ބުންޏެވެ.
ރޭގެ އިވެންޓުގައި އެލައިޑުން ވަނީ އެ ކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ރީބްރޭންޑްކޮށް "އެލައިޑް ތަކާފުލް"އަށް ބަދަލުކޮށްފައެވެ.
ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދިޔަ މި އިވެންޓްގައި އެލައިޑުން ވަނީ މި އިވެންޓްގެ ކޮންމެ ބައިވެރިއަކަށް ހާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއް ހަދިޔާކޮށްފައެވެ. 150،000 ރުފިޔާގެ އަގުހުރި، ގޭތެރޭގެ މުދާ ރައްކާތެރިކުރާ މި ޕްލޭނަކީ ގޭތެރޭގައި ހުންނަ ސާމާނަށް ކުރިމަތިވެދާނެ ގެއްލުންތަކަށް ބަދަލު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށް އެލައިޑުން ބުނެއެވެ.
މީގެ އިތުރުން އިވެންޓުގެ ބައިވެރީންގެ ތެރެއިން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އެލައިޑުން ވަނީ އެއް އަހަރުގެ ދުވަހުގެ ވޯލްޑްވައިޑް ޓްރެވަލް ޕްލޭނެއް (އޫއެސްއޭ އާއި ކެނެޑާ ނުހިމެނޭ ގޮތަށް) ވެސް ހަދިޔާކޮށްފައެވެ. މި ޕްލޭނުގެ ދަށުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ކުރާ ސިއްހީ ފަރުއާއަށްދާ ހަރަދާއި ދަތުރު ޑިލޭވުމާއި ކެންސަލް ވުން އަދި ގެއްލޭ ދަބަސް ފަދަ ތަކެއްޗަށް ބަދަލު ލިބޭނެ ކަމަށް އެލައިޑުން ބުނެއެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު