ޑިޒްނީ ތީމް ޕާކެއް އަބޫދާބީގައި ހުޅުވަން ނިންމައިފިއެވެ.

ދަ ވާލްޓް ޑިޒްނީ ކޮމްޕެނީން އިއްޔެ ވަނީ އެ ކުންފުނިން މެދުއިރުމަތީގައި ހުޅުވާ ފުރަތަމަ ޑިޒްނީ ތީމް ޕާކު ހުޅުވުމަށް ހަމަޖެހިފައިވަނީ ދުބާއީގައި ކަމަށް އިއުލާންކޮށްފައެވެ.

އަބޫދާބީގައި ހުޅުވުމަށް ހަމަޖެހިފައިވާ ދަ ވާލްޓް ޑިޒްނީ ކޮމްޕެނީގެ ތީމް ޕާކު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އަބޫދާބީގެ ޔަސް އައިލެންޑުގައި ކަމަށް އެ ކުންފުނިން ބުނެއވެެ.

އަބޫދާބީގެ މިރާލްއާ ގުޅިގެން ހުޅުވުމަށް ހަމަޖެހިފައިވާ އެ ތީމް ޕާކުގެ ސަބަބުން މެދުއިރުމައްޗާއި އެފްރިކާގެ އިތުރުން އޭޝިޔާއާއި އިންޑިއާ އާއި ޔޫރަޕްގެ ފަތުރުވެރިންނަށް ޝައުގުވެރިވަނިވި މަންޒިލަކަށް އެތަން ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދަ ވާލްޓް ޑިޒްނީ ކޮމްޕެނީން ވަނީ އަބޫދާބީގައި ހުޅުވާ ތީމް ޕާކަކީ އެ ކުންފުނީގެ އެހެން ތީމް ޕާކުތަކާ މުޅިން ތަފާތު ތަނަކަށް ވެގެންދާނެ ކަމަށް ފަހަގަކޮށްފައެވެ. އެގޮތުން ޒިޔާރަތްކުރާ ފަރާތްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

އަބޫދާބީގެ ޔަސް އައިލެންޑަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ފެރާރީ ވޯލްޑް އާއި ޔަސް ވޯޓާވޯލްޑްގެ އިތުރުން ވާނާ ބްރޮސް ވޯލްޑް ޔޫއޭއީގައި އޮންނަ ރަށެވެ.