ޔަމަނުގެ މައި އެއާޕޯޓަށް އިޒްރޭލުން ހަމަލާ ދީފިއެވެ.
އިޒްރޭލުން ދިން ހަމަލާގައި ޔަމަނުގެ ވެރިރަށް ސަންނާގައި ހުންނަ އެގައުމުގެ މައި އެއާޕޯޓު ބޭނުން ނުކުރެވޭ ވަރުކޮށްލާފައިވާނެ ކަމަށް އިޒްރޭލުގެ މިލިޓަރީ އިން ބުނެއެެވެ.
އިއްޔެ ދިން އެހަމަލާގައި އިޒްރޭލުން ވަނީ އެ އެއާޕޯޓުގައި އެވަގުތު ޕާކުކޮށްފައި އޮތް ފަސިންޖަރުން އުފުލާ ތިން ފްލައިޓާއި ޑިޕާޗާ ހޯލުގެ އިތުރުން ރަންވޭ އަދި މިލިޓަރީ އެއާބޭސް އަށް ގެއްލުންދީފައެވެ.
ހޫތީން ކޮންޓްރޯލް ކުރާ އެ އެއާޕޯޓަށް އިޒްރޭލުން ދިން ހަމަލާގައި ތިން މީހުން މަރުވެފައިވާ ކަމަށް ހޫތީން ވަނީ ބުނެފައެވެ.
އިޒްރޭލުން ހޫތީންގެ އެއާޕޯޓަށް ހަމަލާދީފައި މިވަނީ ހޫތީން ހޯމަ ދުވަހު ދިން ރޮކެޓު ހަމަލާއެއްގައި އިޒްރޭލުގެ މައި އެއާޕޯޓަށް ހަމަލާދީ އެއެއާޕޯޓުގެ އޮޕަރޭޝަން ހުއްޓާލުމުން ބަދަލު ހިފުމުގެ ގޮތުން ކަމަށް އޮފިޝަލުން ބުނެއެވެ.
ވީޑިއޯ މެދުވެރިކޮށް ދިން މެސެޖެއްގައި އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލަށް ހަމަލާދޭ ބަޔަކަށް ދޭ ހަމަލާ ވަރުގަދަ ވާނެ ކަމަށާއި އެކަމުގެ ހިތި ފެންނާނެ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
މުނިފޫހިފިލުވުން
އިރާން
ދުނިޔެ