އިންޑިއާގެ އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްގެ އެވޯޑު އެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރަމުންދިޔަ "2 އޮފް އަސް"އިން ކާމިޔާބުކޮށްފިއެވެ.
ގްރޭންޑް ފިނާލޭގައި "ޓޫ އޮފް އަސް"އިން ހުށަހަޅައިދިނީ "އެހެރީ ދިވެހި ނިޝާން" ލަވައާއި އެ ލަވައިގެ ހިންދީ ވާޝަންއެވެ.
"2 އޮފް އަސް" ގައި ހިމެނެނީ:
- އަހުމަދު އަދުހަމް
- އަބްދުﷲ ޝަމްރޫހު
- އަހުމަދު ޖަޝީމް
- އަހުމަދު ޝަހީދު (ޝަހީދު ލެގަސީ)
- މުހައްމަދު ނަސޫހު ބިން ނަސްރުއްދީން
މުބާރާތުގެ ދެވަނަ ރަނަރަޕް އެވޯޑާއެކު "ޓޫ އޮފް އަސް"އަށް ފައިސާގެ އިނާމެއްގެ ގޮތުގައި މުބާރާތް އިންތިޒާމުކުރި ފަރާތުން ވަނީ ދެ ލައްކަ އިންޑިއާ ރުޕީސް (36،436 ދިވެހި ރުފިޔާ) ދީފައެވެ.
މުބާރާތުގެ ދެވަނަ ލިބުނީ ސްރީ ލަންކާގެ "ނައިޓްސް" އަށެވެ. އަދި މުބާރާތް ކާމިޔާބުކުރީ މޮރިޝަސްގެ ބޭންޑު "އެބަނެޒް"އެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު