އާރަށަށް ވަޑައިގަތީ 116 ފަހަރު ކަމަށާއި އޭގެ ތެރެއިން 85 ފަހަރު އެ ރަށަށް ދިޔައީ ފުޓްސަލް ކުޅުއްވަން ކަމަށާއި 31 ފަހަރު ވަޑައިގަތީ އާއިލާއާއެކުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާރަށަށް ރައީސް މިހާތަނަށް ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތު ޑިފެންސް މިނިސްޓްރީން މީޑިއާއަށް ހިއްސާ ނުކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު އާރަަށަށް ވަޑައިގަތް 116 ފަހަރުގެ ތެރެއިން 85 ފަހަރު އެ ރަށަށް ވަޑައިގަތީ "ހަމައެކަނި ފުޓުބޯޅަ ކުޅެން" ކަމަށެވެ.
އެއީ ދެކޮޅަށް ތިން ގަޑިއެއްހާއިރުގެ ދަތުރެކެވެ. ރައީސް ވިދާޅުވީ އެ ދަތުރުތަކުގައި އެ މަނިކުފާނާއެކުގައި ދާނީ ކުޅެންދާ ބޭފުޅުން އެކަނި ކަމަށެވެ.
"އެހެންވީމާ، ފެމިލީ އެކަނި، ކުޅުމަކާ ނުލައި ގޮސްފައި އުޅެވިފައި ހުރީ ވޭތުވެދިޔަ 532 ދުވަހުގެ ތެރެއިން 31 ފަހަރު. އެހެންވީމާ އެ ދެކެވޭ ވާހަކަ އެހާ ރަނގަޅެއް ނޫން ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިހާތަނަށް އާރަށަށް ކުރެއްވި ދަތުރުފުޅުތަކަށް ތެލުގެ ގޮތުގައި ހަރަދުވީ 844،635 ރުފިޔާ ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، އާރަށަށް ކުޅެން ވަޑައިގެންނަވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނެވުމަށް ކަމަށާއި ފުޓްސަލް ކުޅުމަކީ ތުއްޕުޅުއިރުވެސް ކުރައްވަން ބޭނުންވެވަޑައިގެން ނުވެފައި އޮތް ކަމަކަށް ވުމުން ކަމަށެވެ.
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު