ދުރު ޕްލެނެޓަކުން ދިރުން ފެނިއްޖެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

އެސްޓްރޯނޮމަރުން ހިމެނޭ ޓީމަކުން ވަނީ އެމީހުންނަށް ދުރު ޕްލެނަޓަކުން ފެނިފައިވާ ދިރުމުގައި އެއީ ކުރީގެ ނުވަތަ މިހާރުގެ ދިރުމުގެ ނިޝާން ކަމަށް ޔަގީންވާ ކަމަށް ބުނެފައެވެ.

ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމުން ބޭރުން ފެނިފައިވާ ކޭ2-18ބީ ނަމަކަށް ކިޔާ އެ ޕްލެނެޓުން ދިރުން ފެނުމުން އެކަމުގައި އިތުރު ހޯދުންތަކެއް ހޯދުމަށް ޓީމުތައް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ފަށައިފައެވެ.

ކޭ2-18ބީ އިން ދިރުން ފެނިފައިވަނީ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ބަލައިގެން ކަމަށް ޓީމުން ބުނެއެވެ. އެޓީމުން ވަނީ ޕްލެނެޓްގެ ޖައްވުން ބައެއް ކަހަލަ ކެމިކަލްގެ އަސަރު ވެސް ފެންނަ ކަމަށާއި އެއީ އެ ޕްލެނެޓުގައި ދިރުމެއް ވާކަމުގެ ހެއްކެއް ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްފައެވެ.

ކޭ2-18ބީ ޕްލެނެޓަކީ ދުނިޔެއާ 124 ލައިޓް އަހަރުގެ ދުރުމިނެއްގައި ވާ ޕްލެނެޓެކެވެ. އެސްތްރޯނޮމިކަލް މިންގަނޑުން ލައިޓް އަހަރަކީ އެއް އަހަރު ތެރޭ ލައިޓް ދަތުރުކުރާ ދުރުމިނަށް ބަލާ މިންގަނޑެކެވެ.