ޕޮޕް ސްޓާ ނިކް ޖޯނަސް ވަނީ އޭނާގެ ދަރިފުޅު މަލްޓީ މެރީ މިޔުޒިކަށް ހުންނަ ޝައުގުވެރިކަން އިތުރުވަމުން އަންނަ ކަމަށް ބުނެ "ދަ ކެލީ ކްލާކްސަން ޝޯ" ގައި ވާހަކަދައްކައިފައެވެ.
އުމުރުން އެންމެ 3 އަހަރުގެ މަލްޓީ، މިހާރުވެސް ލަވަކިޔުމަށް ބޮޑު ޝައުޤުވެރިކަމެއް ހުރެއެވެ. މަލްޓީގެ މިޔުޒިކު ހުނަރު ފާހަގަކުރެވިފައިވަނީ އޭނާގެ މަންމަ، ބޮލީވުޑް އަދި ހޮލީވުޑް ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، ސޯޝަލް މީޑިއާގައި ހިއްސާކުރާ ވީޑިއޯތަކުންނެވެ.
މަލްޓީ އޭނާގެ މަޝްހޫރު މައިންބަފައިންގެ ފިޔަވަޅުތަކު މަތީން ހިނގާނެތޯ އެ ޝޯގައި އެހުމުން، ނިކް ޖޯނަސް ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނުމާ ބެހޭ ކޮންމެ ނިންމުމަކީވެސް މުޅީން މަލްޓީގެ އަމިއްލަ ނިންމުމެއް ކަމަށް ބުނެފައެވެ. މިކަމުން ދޭހަވަނީ، މައިންބަފައިންގެ ހައިސިއްޔަތުން އެމީހުން ދަރިފުޅުގެ ޝައުގުވެރިކަން އާލާކުރުމަށް މަސައްކަތްކުރި ނަމަވެސް، ދަރިފުޅުގެ މުސްތަގުބަލާ ގުޅޭ ނިންމުންތައް ނިންމުމުގެ މިނިވަންކަން ދަރިފުޅަށް ދޭން ބޭނުންވާކަމެވެ.
ޕްރިޔަންކާގެ އިންސްޓަގްރާމު ޕޯސްޓެއް ---
ނިކް ބުނީ މުނިފޫހިފިލުވުމުގެ ދާއިރާއަކީ ހިތްހަމަޖެހުން ލިބޭ ދާއިރާއެއް ކަމަށާއި ނަމަވެސް، އެ ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ހާއްސަކޮށް ސަމާލުކަމުގެ މެދުގައި ބޮޑުވަމުންދާ ކުއްޖަކަށް ދިމާވެދާނެ ދަތިތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެފައެވެ.
ޕްރިޔަންކާއަށް ކުރިމަތިވެފައިވާ ޕްރެޝަރުތައް މަލްޓީއަށްވެސް ދިމާވެދާނެކަމަށް ގަބޫލުުކުރެވޭތީ، ބިރުގަންނަ ކަމަށް އޭނާ ބުންޏެވެ. މައިންބަފައިންގެ ހައިސިއްޔަތުން، އެ ދެމަފިރިންގެ މަގުސަދަކީ މަލްޓީ ރައްކާތެރިކުރުމާއެކު، އޭނާގެ ޝައުގުވެރިކަން ހުރި ކަންތައްތައް ކުރިއަށް ގެންދިއުމަށާއި މިނިވަންކަމާއެކު ދިރިއުޅުމަށް ފުރުސަތު ދިނުންކަމަށް ޕްރިޔަންކާ ބުންޏެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް