މިއަހަރުގެ ފުރަތަމަ އިރުކޭތަ މާދަމާ ހިފާނެއެވެ.

މިއަހަރުގެ ފުރަތަމަ އިރުކޭތަ މާދަމާ ހިފާއިރު އެ ކޭތަ ފެންނާނީ އެެމެރިކާގެ އިރުއުތުރުގެ ސަރަހައްދުތަކުގެ އިތުރުން ކެނަޑާއަށެވެ.

މާދަމާ ހިފާ އިރުކޭތައިގައި ދުނިޔެއާއި އިރާ ދެމެދަށް ހަނދު އެއް ސަފަކަށް އެތުރި ކޮންމެވެސް ވަރަކަށް އަނދިރިކޮށްލާނެއެވެ. އެ މަންޒަރު ދުނިޔޭގެ 800 މިލިއަނެއްހާ މީހުންނަށް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާދަމާގެ އިރުކޭތަ ރާއްޖެ ހިމެނޭ ސަރަހައްދުގެ އެއްވެސް ގައުމަކަށް ނުފެންނާނެއެވެ. ރާއްޖެއަށް އެންމެ އަވަހަށްވެސް އިރުކޭތައެއް ފެންނާނީ 2027 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހު ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.

މިއަހަރު ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނެ ކަމަށް ހިސާބުތަކުން ދައްކައެވެ. އެ ހަނދުކޭތަ ހިފާނީ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.