އަންނަ މަހުން ފެށިގެން ސްރީ ލަންކާއަށް ސްޓާލިންކުގެ ހިދުމަތް ދޭން ނިންމައިފިއެވެ.
ސެޓަލައިޓު މެދުވެރިކޮށް އިންޓަނެޓް ހިދުމަތް ދިނުމަށް އެލަން މަސްކު އުފައްދާފައިވާ ސްޓާލިންކުގެ ހިދުމަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ލޯންޗު ކުރަމުންނެވެ.
ސްރީލަންކާއަށް ސްޓާލިންކުގެ ހިދުމަތް ދިނުމަށް ކުރަމުންދިޔަ މަސައްކަތްތައް ނިމި، އެ ހިދުމަތް އަންނަ މަހު ލޯންޗު ކުރެވިގެން ދާނެ ކަމަށް އެގައުމުގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރު ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް ނަލިންދާ ޖަޔާޓިއްސާ ވަނީ އިއުލާން ކުރައްވައިފައެވެ.
މީޑިއާއަށް މައުލޫމާތުދެއްވަމުން ނަލިންދާ ޖަޔާޓިއްސާ ވިދާޅުވީ ލަންކާ ސަރުކާރުން އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެފައިވާ ކަމަށާއި ސަރުކާރުގެ ޒިންމާއެއްގެ ދަށުގައި ވާ ގައުމީ ސަލާމަތާއި ގާނޫނުތަކާ އެއްގޮތަށް އެހިދުމަތް ލިބިގެން ދާނެ ކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
ލަންކާގެ ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ކުންފުނިތަކާއެކު ބޭއްވި މަޝްވަރާތަކަށްފަހު ސްޓާލިންކުގެ ހިދުމަތް ދިނުމަށް އެއްބަސްވުމަކަށް މިހާރު ވަނީ އާދެވިފައި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސްޓާލިންކުގެ ހިދުމަތް ލިބިގެން ދިޔައީ ރާއްޖެއަށެވެ. އެ ހިދުމަތް ރާއްޖެއަށް ދޫކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ