ޓެސްލާ ވައްޓާލުމަށްފަހު އެންމެ ފައިދާބޮޑު ކުންފުންޏަކަށް ބީވައިޑީ ހިމެނިއްޖެއެވެ.
ޗައިނާއަށް ނިސްބަތްވާ އިލެކްޓްރިކް ވެހިކަލް އުފައްދާ ބީވައިޑީއިން އެކުންފުނީގެ މިދިޔަ އަހަރުގެ އާމްދަނީގެ ހިސާބު އާންމުކޮށްފައިވާ އިރު، އެކުންފުނިން ވަނީ ރެކޯޑު އަދަދަކަށް ފައިދާ ވެފައިވާ ކަމަށް އިއުލާން ކޮށްފައެވެ.
ޗައިނާގެ ޝެންޒެންގެ ބީވައިޑީއިން ބުނީ 2024 ވަނަ އަހަރު އެކުންފުނީގެ ފައިދާ 107 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. އެއީ 29 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެކުންފުނިން ބުންޏެވެ.
އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނިތަކުގެ ކުރީގައި އުޅޭ ޓެސްލާއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 97.7 ބިލިއަން ޑޮލަރެވެ.
ޓެސްލާ ވައްޓާލުމަށްފަހު އެންމެ ފައިދާ ބޮޑު ކުންފުންޏަށް ބީވައިޑީ ވެފައިވާ އިރު، އެ ކުންފުނިން ވަނީ އަގުހެޔޮ އަދި އާ ޓެކްނޮލޮޖީ އެކުލެވޭ ކާރު އުފައްދައި ޗައިނާ މާކެޓު ހިސޯރުކޮށްފައެވެ.
ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި ޓެސްލާގެ ފައިދާ ދަށްވެފައިވަނީ އެކުންފުނީގެ ވެރިޔާ އެލަން މަސްކު ހިމެނޭގޮތަށް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
ޗައިނާއިން ވަނީ އެދަނޑިވަޅުގެ ބޭނުން ހިފައި ހުޅަނގުގެ ގައުމުތަކަށް ވިއްކާ މުދަލުގެ ޓެރިފް ކުޑަކޮށް ފައިދާ ބޮޑުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ