އަށް އަހަރު ފަހުން ތެލަސީމިއާ ސެންޓަރު، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އަށް ޑިރެކްޓާ ޖެނެރަލެއް އައްޔަކޮށް، އިތުރު ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މިއަދު އައްޔަންކުރީ އަހުމަދު މައުސޫމެވެ.
މައުސޫމް އަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން މައުސޫމް ވަނީ އައިޖީއެމްއެޗްގައި ވެސް މަސައްކަތް ކުރައްވައިފައެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ތެލަސީމިއާ ސެންޓަރަށް ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްއަކާއި ޑިރެކްޓަރެއްގެ މަގާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށާއި ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން އެތަނަށް ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށްވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
ތެލަސީމިއާ ސެންޓަރުން ދޭ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހި، ލޭ އަޅާ މީހުންނާއި ކުދިންގެ ބެލެނިވެރިން ވަނީ އެ ސެންޓަރު ދޮށުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިހުތިޖާޖުކޮށް އެ ސެންޓަރުގެ ވެރީންގެ އިސްތިއުފާއަށް ގޮވައިފައެވެ.
އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލަސީމިއާ ސެންޓަރަށް އިއްޔެ ވަޑައިގެން، ވަގުތުން ވަގުތަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން އަންގަވައިފައެވެ.
- އެމްބީއެސް އިން ހިދުމަތްދޭ ގަޑިތައް ހޮސްޕިޓަލެކޭ އެއް ހަމައަށް އިތުރުކުރުން
- އެމްބީއެސްއަށް ޑިރެކްޓާ ޖެނެރަލެއް ހަމަޖެއްސުން
- ހިދުމަތް ރަނގަޅުކުރުމަށް އިންޓާނަލް މެނޭޖްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
- މިހާރު ދިމާވެފައިވާ ފިލްޓަރުގެ މައްސަލަތައް ހަލުކުރުމަށް އަވަސް ފިޔަވަޅު އެޅުން
- ޕޭޝަންޓުންނަށް ހިދުމަތްދިނުމަށް ޑޮކްޓަރުން ހަމަޖެއްސުން
- އެމްބީއެސްގެ ބިލްޑިން ބާވެ ހަލާކުވެފައިވާތީ އާ އިމާރާތަކަށް ހިދުމަތް ބަދަލުކުރުމުގެ މަސައްކަތްތައް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު