ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ރާއްޖޭގެ ފަސް ތަރީގެ އެއާލައިން، މަންޓާ އެއާގެ ދަތުރުތައް އިތުރުކޮށްފިއެވެ.
މަންޓާ އެއާ އިން މިއަދު ބުނީ، އެ އެއާލައިންގެ ދަތުރުތައް އިތުރުކުރަން ނިންމީ ފިތުރު އީދަށް ރަށްރަށަށް ދަތުރުކުރުމަށް އޮތް ޑިމާންޑު އިތުރުވާތީ ކަމަށެވެ. އެގޮތުން މާޗް 23 އިން އޭޕްރިލް ހަޔަކަށް އެ ހާއްސަ ފްލައިޓްތައް އޮޕަރޭޓް ކުރާނެ ކަމަށްވެސް ބުންޏެވެ.
މަންޓާގެ ދަތުރުތައް އިތުރުކޮށްފައިވަނީ:
- ދ. ކުޑަހުވަދޫ
- ބ. ދަރަވަންދޫ
- ރ. އިފުރު
- ޅ. މަޑިވަރު
މަންޓާ އެއާ އިން ދަތުރުކުރާ ފަސިންޖަރުންގެ ފަސޭހައާއި ހިތްހަމަޖެހުމަށްޓަކައި އީދު ބަންދާ ދިމާކޮށް ކުރާ ހާއްސަ ދަތުރުތަކުގައި ބޭނުންކުރާނީ އެ އެއާލައިންގެ އޭޓީއާރު 600-72 ގެ ބޯޓުތަކެވެ.
އަދި އެ ހާއްސަ ދަތުރުތަކުގެ ޓިކެޓު މަންޓާ އެއާގެ ވެބްސައިޓް އަދި އޮތޮރައިޒްޑް ބުކިން އެޖެންޓްސް މެދުވެރިކޮށް މިހާރު ގަނެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު