އަށް ދުވަހުގެ މިޝަނަކަށް ދިޔަ ދެ އެސްޓްރަނައުޓުން ނުވަ މަސްފަހުން މިއަދު އެނބުރި ދުނިޔެއަށް އަންނާނެ ކަމަށް ނާސާއިން ބުނެފިއެވެ.
ޖައްވުގައި ތާށި ވެފައިވާ ނާސާގެ ދެ އެސްޓްރަނައުޓުން މިއަދު އެނބުރި ދުނިޔެއަށް އަންނައިރު އެ ދެ އެސްޓްރަނައުޓުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ''އައިއެސްއެސް'' ގައި ތާށިވެފައިވާތާ މިހާރު 286 ދުވަސް ވެއްޖެ ކަމަށް އޮފިޝަލުން ބުނެއެވެ.
ދެ އެސްޓްރަނައުޓުން ދުނިޔެއަށް އެނބުރި އައުމަށް ހަމަޖެހިފައިވާ ސްޕޭސްއެކްސްގެ ކެޕްސޫލު ދުނިޔެއަށް ތިރިވާނެ ކަމަށް ބެލެވެނީ ރާއްޖޭ ގަޑިން ދ މިރޭ ދަންވަރު 02:45 ހާއިރު ކަމަށް އޮފިޝަލުން ބުނެއެވެ. އެމަންޒަރު ނާސާއިން ވަގުތުން ވެބްކާސްޓު ކުރާނެ ކަމަށް ބުނެފައިވެއެވެ.
ބޮއިންގް ސްޓާލައިނާގެ ސްޕޭސް ކްރާފްޓެއްގައި ބައިނަލްއަގުވާމީ ސްޕޭސް ސްޓޭޝަނަށް ދަތުރުކުރި އެސްޓްރަނައުޓުން ކަމަށްވާ ސުނިޔާ ވިލިއަމްސް އާއި މެރީ ވިލްމޯ އައިއެސްއެސް ގައި ތާށިވެފައިވަނީ އެމީހުން އެނބުރި އަންނަން ހަމަޖެހިފައި އޮތް އުޅަނދަށް ދިމާވި ޓެކްނިލަކް މައްސަލައެއްގެ ސަބަބުންނެވެ. ނާސާއިން ވަނީ އެ ދެ އެސްޓްރަނައުޓުން އެނބުރި ދުނިޔެއަށް ގެނައުމަށް ސްޕޭސްއެކްސްގެ އުޅަނދެއް ފޮނުވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ