އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ފިފްޝީން އަލީ އެ މަގާމުން ވަކިކޮށްފިއެވެ.
ފިފްޝީން އެ މަގާމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ޕީސީބީން މިއަދު ބުނީ އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކި ކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.
ފިފްޝީންއަކީ ބޭންކް އޮފް މޯލްޑިވްސްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވައި، އެ ބޭންކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
ފިފްޝީން ވަނީ އޮސްޓްރޭލިއާގެ ކާޓީން ޔުނިވާސިޓީން ބަޗެލާސް އޮފް ކޮމާސް ހާސިލްކުރައްވައިފައެވެ. އަދި އޮސްޓްރޭލިއާގެ އެޑިތު ކޮވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އިންޓަނޭޝަނަލް ބިޒްނަސް ހާސިލްކުރައްވައިފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް އެސްޑީއެފްސީ އުފެއްދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު