ގަތަރު އެއާވޭސްގެ ފްލައިޓެއްގައި މަރުވި މީހެއްގެ ހަށިގަނޑު ގެންގުޅުނު ގޮތާއިމެދު އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބުދީ، ބަޔާނެއް ނެރެފިއެވެ.
މި ބަޔާން ނެރޭން ޖެހުނީ ފުލައިޓުގައި މަރުވި މީހެއްގެ ހަށިގަނޑާ މެދު ފަޅުވެރީން އަމަލުކުރި ގޮތުން ފާޑުކިޔުންތައް އަމާޒުވުމުންނެވެ.
ގަތަރު އެއާވޭސް އިން ނެރުނު ބަޔާނެއްގައި ވާގޮތުން އެ އެއާލައިންގެ ފްލައިޓެއްގައި އޮސްޓްރޭލިއާގެ މެލްބަން އިން ގަތަރުގެ ވެރިރަށް ދޯހާ އަށް ދަތުރުކުރި އަންހެނަކު މަރުވުމުން އެމީހާގެ ހަށިގަނޑާމެދު ފަޅުވެރީން އަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށެވެ.
މި ފުލައިޓުގައި ދަތުރުކުރި އޮސްޓްރޭލިއާއަށް ނިސްބަތްވާ ދެ ދަތުރުވެރިޔަކު ވަނީ އެމީހުނަށް ދިމާވި ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، މީޑިއާއަށް އެކަން ހިއްސާކޮށްފަ އެވެ.
އޮސްޓްރޭލިއާގެ ޗެނަލް ނައިން އަށް އެ މީހުން މައުލޫމާތު ދިން ގޮތުގައި، މަރުވީމާ ބާއްވާފައި އޮތީ، އެމީހުން ތިބި ސީޓާ ޖެހިގެން ހުރި ސީޓުގަ އެވެ. ހަށިގަނޑުގެ މަތީގައި އޮތީ ރަޖައެއް އަޅައިފައެވެ.
މިޝެލް ރިންގް އަދި ޖެނިފާ ކޮލިން ނަމަކަށް ކިޔާ ދެ ދަތުރުވެރީން، ބުނެފައިވާ ގޮތުގައި، މަރުވެފައިވާ މީހެއްގެ ހަށިގަނޑަކާ އެކު 14 ގަޑިއިރު ދަތުރުކުރާން ޖެހުމުގެ ސަބަބުން، އެ މީހުނަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށް، ނަފުސާނީ މައްސަލަތަކެއް ކުރިމަތިވެފައެވެ.
އެ ހާދިސާގައި މަރުވެފައިވާ މީހާގެ ހަށިގަނޑު ބޮޑުކަމުން، އެ މީހާ އެއްތަނުން އަނެއްތަނަށް ގެންދިއުން ފަޅުވެރީންނަށް އުނދަގޫވި ކަމަށްވެސް އެ ދެމީހުން ބުނެފައިވެއެވެ. ފުލައިޓުގައި ހުސް ސީޓު ހުރުމުން، އެހެން ސީޓަކަށް ބަދަލުވާން އެދުމުން އެކަންވެސް ކޮށްދީފައި ނުވާކަމަށް މި ދެ މީހުން ވަނީ މައުލޫމާތު ދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ